Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފި

އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފިއެވެ.

މިއަދުގެ ޢީދު ނަމާދު އިމާމްވެ ކުރެއްވީ އައްޝައިޚް ޙަސަން ލަތީފް މޫސާއެވެ. އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި އޮތް ބޮޑު ޖަމާޢަތުގައި ލަފާކުރެވޭ ގޮތުގައި 2000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

އައްޑޫ ސިޓީގައި މިފަހަރުގެ ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި ކުރުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ، ހިރާ ސްކޫލް އަދި އައްޑޫ ސިޓީ ކައުންސިލް ގުޅިގެންނެވެ.