ބ އަދި ޅ. އަތޮޅުގެ ސްކޫލުތަކުގެ އިސްވެރީންނަށް ވެސް ލީޑަޝިޕް އެންހޭންސްމެންޓް ވޯކްޝޮޕެއް ބާއްވައި ފިއެވެ.
ދެ ދުވަހުގެ މުއްދަތަކަށް އޭދަފުށީ ސްކޫލުގައި ބޭއްވި މި ވޯކްޝޮޕްގައމި ދެ އަތޮޅުގެ 16 ސްކޫލަކުން ޕްރިންސިޕަލުންނާއި ލީޑިން ޓިޗަރުން ހިމެނޭހެން ޖުމްލަ 49 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި ވޯކްޝޮޕްގެ ސެޝަންތައް ނަންގަވައި ދެއްވީ ސްރީ ލަންކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަ ޖެނެރަލް ޕްރޮފެސަރު ޕްރަސާދު ސެތުންގާ އެވެ.
މީގެ މައިގަނޑު މަޤްޞަދަކީ ސްކޫލުތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނަށް ހިއްސާކޮށް، އެކަންކަމަށް އަހުލުވެރިކުރުވުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އެގޮތުން މީގެ ތެރެއިން ބައިވެރިންގެ މެދުގައި ރަނގަޅު ނެޓްވޯކެއް އުފެދި، ކުރިމަގުގައި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ، މަޢުލޫމާތު ޙިއްޞާކު ރުމަށް މަގުފަހިވެގެން ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސިލްސިލާކޮށް ބާއްވަމުން އަންނަ މި ވޯކްޝޮޕް މިހާތަނަށް ގދ، ގއ، ކ، މާލެ، އައްޑޫ، ފުވައްމުލައް، އއ، ވ، މ، ފ، ދ އަދި ރ. އަތޮޅުގައި ވެސް ހިންގާފައިވެ އެވެ.