Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ތޮއްޑޫގައި ޑޮލަރު އޭޓީއެމެއް ބަހައްޓަނީ

އަންނަ އަހަރު އއ. ތޮއްޑޫގައި ޑޮލަރު އޭޓީއެމެއް ބަހައްޓައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ ރަށުގެ ރައްޔިތުންނާ އެކީ މިއަދު ބޭއްވި ބައްދަވުމުގައި ރައީސް ވިދާޅުވީ ތޮއްޑު އަކީ ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވެ ކުރިއަރަަމުން އަންނަ ރަށަކަށްވާތީ އެ ރަށަށް ޑޮލަރު އޭޓީއެމެއްގެ މުހިއްމުކަން ބޮޑުވާ ކަމަށެވެ. އެހެންވެ އަންނަ އަހަރުގެ ތެރޭގައި އެކަން ކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މިހާރު ވެސް ތޮއްޑޫގައި 50 އެއްހާ ގެސްޓްހައުސް ހިންގަމުން އަންނަ އިރު، އިތުރު 40 އެއްހާ ގެސްޓްހައުސްއެއްގެ މަސައްކަތްތައް ކުރިއަށްދާކަމުގެ މައުލޫމާތު ލިބުވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ ތޮއްޑު އަކީ އަހަރެއްގެ ތެރޭގައި 3،000 އެއްހާ ޓޫރިސްޓުން އަރާނެ ރަށަކަށްވާތީ ޑޮލަރުގެ މުއާމަލާތް ބޮޑުވާނެ ވިދާޅުވި އެވެ.

"ޑޮލަރުގެ ވިޔަފާރި ތޮއްޑޫގައި ވަރަށް ބޮޑަށް އެބަ ހިނގާ. އެހެންވީމަ އަޅުގަނޑު ގަސްތުކުރަނީ ރައްޔިތުންނަށް ހަމަހަމަ ގޮތެއްގައި ހިދުމަތް ކުރުމުގެ ސިޔާސަތުގެ ތެރެއިން މި ރަށުގައި ތިބެގެން ޑޮލަރުގެ އިތުރުކުރެވޭނެ ގޮތް ވާން ޖެހޭނެތީ އިރާދަކުރެއްވިއްޔާ ޑޮލަރުގެ އޭޓީއެއް ގާއިމުކޮށް ދޭނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ތޮއްޑޫގައި ޓޫރިޒަމް ކުރިއަރުވަން ކައުންސިލުން ވަރަށް ބޮޑަށް މަސައްކަތް ކުރާތީ ކައުންސިލުން "މައިސް" ޓޫރިޒަމަށް މިހާރު މަސައްކަތްތަކެއް ކުރާތީ އެކަމަށް ސަރުކާރުގެ ތެރެއިން ފަހިކޮށް ދޭނެ ޖެހޭ ހުރިހާ ކަމެއް ވެސް ފަހިކޮށް ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.