Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

އަންހެން ވިޔަފާރިވެރިންނަށް ތަމްރީނަކަށް ހުޅުވާލައިފި

އަންހެން ވިޔަފާވެރިންނަށް ހާއްސަކޮށްގެން ބާއްވާ ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވާން ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ހުޅުވާލައިފި އެވެ.

"އެމްޕަވަރިން ވިމެން އޮންޓްރަޕްރަނާސް ތުރޫ ޑިޖިޓަލް ޓްރާންސްފޮމޭޝަން" ގެ ނަމުގައި ކުދި އަދި މެދުފަންތީގެ އަންހެން ވިޔަފާވެރިންނަށް ހާއްސަ މި ޓްރެއިނިން ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 14-16 އަށެވެ. އެހެންވެ މީގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމައާ އަށް ވަނީ ހުޅުވާލައިފަ އެވެ.

އދ. ގެ އޭޝިއާ ޕިސިފިކްގެ އިގްތިސާދީ އަދި އިޖުތިމާއީ ކޮމިޝަން (ޔޫއެން އެސްކެޕް)ގެ އައިސީޓީ ތަރައްޤީ ކުރުމާ ބެހޭ އޭޝިއާ ޕެސިފިކް ސެންޓަ (އޭޕީސީއައިސީ.ޓ) އާ ގުޅިގެން ބާއްވާ ޓްރެއިނިން ޕްރޮގްރާމުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ 100 މީހަކަށެވެ.

މި ޕްރޮގްރާމްގައި ޑިޖިޓަލް ވަސީލަތްތައް ބޭނުން ކުރާނެ ގޮތްތައް ދަސްކޮށް ދޭނެ އެވެ.

މި ތަމްރީނާ ގުޅޭ އިތުރު މައުލޫމާތު މި ނަމްބަރު 7460002 އިން ހޯދޭނެ އެވެ.