Last Updated: May 14, 20:43
Wednesday, May 14, 2025
ޚަބަރު

ރާފުޅިތަކަކާ އެކު ލަންކާ ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހެންވޭރު ގެއެއް ބަލައި ފާސްކޮށް ރާފުޅުތަކަކަކާ އެކު ސްރީ ލަންކާގެ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ޕައްޓި ވިތަނަލަގެ ވިމޯޝާ ވިނަތަގެ، 27، އާއި ނުރުކުޝަން ކަވިންދަ ސިންގަޕުރަގެ، 21، ކަމަށެވެ.

މި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކުރި އިރު ބަނގުރާކަމަށް ބެލެވޭ އެއްޗެ އްހުރި، 500 އެމްއެލްގެ 116 ފުޅި އާއި 5ލީޓަރުގެ ހަ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ދެ މީހުން ވެސް ޑީޕޯޓު ކުރުމަށް މިހާރު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.