Last Updated: May 12, 17:23
Monday, May 12, 2025
ޚަބަރު

ރަސްދޫން ރައީސަށް ހޫނު މަރުހަބާއެއް ކިޔައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އއ. އަތޮޅުގެ ތިން ރަށަކަށް ފެއްޓެވި ދަތުރުގެ ތެރެއިން އެ އަތޮޅު ރަސްދު އަށް ވަޑައިގެންފި އެވެ.

ތޮއްޑޫއެކޭ އެއްގޮތަށް އެ ރަށުން ވެސް އެ މަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ. ރަސްދޫ ދަތުރުގެ ތެރޭގައި ވެސް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިތުރުން ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވާނެ އެވެ.

ރަސްދު އަށް ފަހު ރައީސް ވަޑައިގަންނަވާ ގޮތަށް ދެން ހަމަޖެހިފައި ވަނީ މަތިވެރިއަށެވެ. މީގެ އިތުރުން މާދަމާ އެ މަނިކުފާނު ކ. އަތޮޅުގެ ތިން ރަށަަކަށް ވެސް ވަޑައިގަންނަވާނެ އެވެ.

ސަރުކާރުގެ ވަފުދަކާ އެކީ ރައީސް މި ދަތުރު ކުރައްވަނީ މޯލްޑިވިއަންގެ ސީޕްލޭނެއްގަ އެވެ.