Last Updated: May 12, 17:23
Monday, May 12, 2025
ޚަބަރު

އަންނަ އަހަރުގެ ކަލަންޑަރު ވިއްކަން ފަށައިފި

އިސްލާމިކް މިނިސްޓްރީން ތައްޔާރުކުރި އަންނަ އަހަރުގެ ކަލަންޑަރު ވިއްކަން ފަށައިފި އެވެ.

މިނިސްޓަރީން ދެ ވައްތަރެއްގެ ކަލަންޑަރު ނެރެފަ އެވެ. އެއީ 25.ރ. އަށް ވިއްކާ ވޯލް ކަލަންޑަރާއި 50،ރ. އަށް ވިއްކާ ޑެސްކް ކަލަންޑަރެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި މިސްކިތްތަކުގެ ފޮޓޯ ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ކަލަންޑަރަކީ ޙިޖުރީ ތާރީޚާއި މީލާދީ ތާރީޚާއި ރަސްމީ ބަންދު ދުވަސްތަކާއި ނަކަތްތައް އަދި ނަމާދު ވަގުތުތައް އެނގޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ކަލަންޑަރެކެވެ.

މިނިސްޓަރީން ކަލަންޑަރު ވިއްކާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށް މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.