Last Updated: July 16, 18:01
Thursday, July 16, 2026
މުނިފޫހިފިލުވުން

'ބާގީ 4' ގެ ވިލަންއަކީ ސަންޖޭ

މިދިޔަ މަހު ޝޫޓިން ފެށި ޓައިގާ ޝްރޮފްގެ ކާމިޔާބު އެކްޝަން ފްރެންޗައިޒް "ބާގީ" ގެ ހަތަރު ވަނަ ބައިގެ ވިލަންގެ ރޯލަށް ސަންޖޭ ދަތު ސޮއިކޮށްފި އެވެ.

އޭނައާ އެކީ މިހާރު ވަނީ ފިލްމުގެ ޕޯސްޓަރެއް ވެސް ދައްކާލައިފަ އެވެ. އެ ޕޯސްޓަރުގައި ލެއާ ތަތްތެޅިގެން ސަންޖޭ ގޮނޑިއެއްގައި އިށީނދެގެން އިިންނަ އިރު، އޭނަ އުނގުމަތީގައި ވެސް ލެއިން ތަތްތެޅިފައިވާ އަންހެނަކު އޮންނަ ތަން ވެސް ފެނެ އެވެ. އެކަމަކު އެއީ ކޮން ބަތަލާއެއް ކަމެއް ނޭނގެ އެެވެ.

ސަންޖޭގެ ޕޯސްޓަރުގެ ޓެގް ލައިނަކަށް އިނީ "އިވްރީ އާޝިގް އިޒް އަ ވިލަން" އެވެ.

ޓައިގާއާ އެކީ ފިލްމެއްގައި ސަންޖޭ އަލަށް މަސައްކަތްކުރާ އިރު، ޒުވާން އެކްޓަރުގެ ބައްޕަ ޖެކީ ޝްރޮފާ އެކީ ސަންޖޭ މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވެ އެވެ.

ސާޖިދު ނަދިއަދުވާ ޕްރޮޑިއުސްކުރާ "ބާގީ 4" އަންނަ އަހަރުގެ ސެޕްޓެމްބަރު 5 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ އިރު، މީގެ ޑައިރެކްޓަރަކީ މި އަހަރުގެ އޮގަސްޓްގައި ރިލީޒްކުރު ޖޯން އަބްރަހަމްގެ "ވޭދާ" ވެސް ހެދި އޭ. ހަރުޝާ އެވެ.