Last Updated: May 7, 09:27
Wednesday, May 7, 2025
ޚަބަރު

ނެޝަނަލް އެސެސާ ޓްރެއިނިން ޕްލޭން ލޯންޗްކޮށްފި

ނޭޝަނަލް އެސެސާ ޓްރެއިނިން ޕްލޭން މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ލޯންޗްކޮށްފި އެވެ.

މިއަދު ހެނދުނު ހ. މީރުމާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ޕްލޭން ލޯންޗްކޮށް ދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާއެވެ.

މި ޕްލޭނަކީ ރާއްޖޭގައި ފަންނީ ހުނަރުވެރި މަސައްކަތްތެރީން ބިނާކުރުމަށް ހިންގާ ތަމްރީނު ޕްރޮގްރާމުތައް އެސެސްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ނެޝަނަލް އެސެސަރުންގެ މަސައްކަތުގެ ފެންވަރު އެއް މިންގަނޑެއްގައި ދެމެހެއްޓުމަށްޓަކައި ވޯލްޑް ބޭންކުގެ އެހީގައި އެކުލަވާލައިފައިވާ ޕްލޭނެކެވެ.

ޕްލޭން އެކުލަވާލުމުގެ ޕްރޮޖެކްޓްގެ ބައެއްގެ ގޮތުގައި ނޭޝަނަލް އެސެސާ ޓްރޭނިންގ މެނުއަލްއެއް އެކުލަވާލައި މިހާތަނަށް 29 ފަރާތެއް ޓްރޭނިން އޮފް ޓްރޭނާސް ފުރިހަމަކޮށްފައިވެ އެވެ. އެމްއެންއެސްޑީއޭ އިން ބުނީ އެ އޮތޯރިޓީގައި މިހާރު 201 ނެޝަނަލް އެސެސަރުން ދަފުތަރުކޮށްފައިވާ ކަމަށެވެ.

މާރިޔާ މިއަދުޖ ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން މެންޑޭޓް ކުރެވިފައިވާ ގޮތުގައި އެމްއެންއެސްޑީއޭ އަށް ވަނީ ވަރަށް މުހިންމު ޒިންމާއެއް ޙަވާލުކުރެވިފައި ކަމަށާއި އެއީ ދަރިވަރުންގެ ކާމިޔާބީތައް ޤައުމީ ކޮމްޕިޓެންސީ މިންގަނޑުތަކާ އަޅާކިޔައި، ވަރަށް ފުރިހަމައަށް ވަޒަންކުރާ ކޮމްޕިޓެންސީ-ބޭސްޑް އެސެސްމަންޓްތައް ހިންގުން ކަމަށެވެ. އަދި ލޯންޗް ކުރި ޕްލޭނަކީ އެ މެންޑޭޓްގެ ޒިންމާ ފުރިހަމަ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ އަލިގަދަ ހެއްކެއް ކަމަށް ވިދާޅުވި އެވެ.