މަސްވެރިކަމުގެ ދާއިރާ އިން ރާއްޖެ އިން ބޭރުން މަތީ ތައުލީމު ހޯދަން ތިން ފުރުސަތަކަށް ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.
މީގެ ތެރޭގައި ހިމެނެނީ ފިޝަރީޒް ސައިންސް/މެރިން ސައިންސް ދާއިރާ އިން ބެޗްލާސް ޑިގްރީ އަށް ކިޔެވުމުގެ ދެ ފުރުސަތާއި އެކުއަކަލްޗަ ދާއިރާ އިން ބެޗްލާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތެވެ. މި ދެ ދާއިރާ އިން ތިން ފުރުސަތުގައި ވެސް ކިޔަވާނީ އޭޝިއާގެ ގައުމެއްގަ އެވެ.
މިނިސްޓްރީން ބުނީ މި ކޯސްތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 9 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ކޯސްތަކުގެ ޝަރުތަކުގެ ތެރޭގައި ހިމެނެނީ އޯ ލެވެލްގެ މަާސްއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ނުވަތަ އޭ ލެވެލްގެ ތން މާއްދާއަކުން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން ނުވަތަ ފައުންޑޭޝަން ނުވަތަ ސރޓިފިކެޓް ލެވެލްގެ ޔުނިވަރސިޓީ އެންޓްރެންސް ގަބޫލުކުރާ ސަނަދެއް ހާސިލްކޮށްފައިވުމެވެ.
މި ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު 3033484 ނަމްބަރުން ހޯދޭނެ އެވެެ.
މި ކޯސްތަކަކީ ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ހުޅުވައިލި ފުރުސަތުތަކެކެވެ.