ފަސް ދާއިރާއަކުން މަތީ ތައުލީމުގެ ފުރުސަތުތަކަކަށް އެގްރިކަޗް މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ހުޅުވައިލީ މާސްޓަ ޑިގްރީގެ އެއް ސްކޮލަޝިޕަކށާއި ބެޗްލާސް ޑިގްރީގެ ހަތަރު ސްކޮލަޝިޕަކަށެވެ. މިއީ ސަރުކާރާއި ވޯލްޑް ބޭންކާއި ގުޅިގެން ހިންގާ ޕްރޮޖެކްޓަކުން ހުޅުވައިލި ފުރުސަތުތަކެކެވެ.
އެހެންވެ ސްކޮލަޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 9 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މި ސްކޮލަޝިޕްތަކުގެ ތެރެއިން މާރސްޓާސް ޑިގްރީ ކޯހަށް ކުރިމަތިލެވޭނީ ދާއިރާ އާއި ގުޅުންހުރި ދާއިރާއަކުން ބެޗްލާސް ޑިގްރީއެއް ހާސިލުކުރައްވާފައިވުމާއެކު ގުޅުންހުރި ދާއިރާއެއްގައި ދެ އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ބެޗްލާސް ޑިގްރީގެ ކޯސްތަކަށް ކުރިމަތިލެވޭނީ އޯ ލެވެލްގެ ފަސް މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވާ ނުވަތަ އޭލެވެލްގެ ތިން މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވާ ފަރާތްތަކަށެވެ.
މި ސްކޮލަޝިޕިޕްތަލާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 3033484 އިން ހޯދޭނެ އެވެ.