Last Updated: June 10, 09:34
Wednesday, June 10, 2026
ޚަބަރު

ކުޑަހުވަދޫގައި ސްޓަޑީ ޕާކެއް ހަދަނީ

ލައިބްރަރީއެއް ވެސް ހިމެނޭ ގޮތަށް ދ. ކުޑަހުވަދޫގައި ސްޓަޑީ ޕާކެއް ހަދާނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން ބީލަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ އެތަނުން ދޭ ކުރެހުމާ އެއްގޮތަށް އެ މަޝްރޫއު ހިންގައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ކުޑަހުވަދޫ ކައުންސިލުން ބުނީ ބީލަން ހުށަހެޅޭނީ ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި ރަޖިސްޓްރޭޝަނަށް 150ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

ރަޖިސްޓްރީވާނީ އެ ފަރާތެއްގެ މައުލޫމާތުު މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު 9781899 މި ނަމްބަރުން ހޯދޭނެ އެވެ.

ކުޑަހުވަދު އަކީ މި ސަރުކާރުން އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ކަނޑައެޅި 7 ރަށުގެ ތެރޭގައި ހިމެނޭ ރަށެކެޗެ.