ދ. ކުޑަހުވަދޫގައި ހެދި އާ އައުޓްޑޯ ވޮލީކޯޓް ހުޅުވައިިފި އެވެ.
އެތަން ރަސްމީކޮށް ހުޅުވައި ދެއްވީ ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ.
މި ވޮލީކޯޓަކީ މިދިޔަ ޖުލައި މަހު ރާފިޢު ކުޑަހުވަދުއަށް ކުރެއްވި ދަތުރުގައި އެ ރަށު ކައުންސިލް އެދުނު މަސައްކަތެކެވެ. އެގޮތުން މިނިސްޓްރީގެ އެއްބާރުލުމާއިއެކު އެ މަސައްކަތް ފުރިހަމަކޮށްފައި ވަނީ ކައުންސިލުންނެވެ.
އެގޮތުން ވޮލީކޯޓްގެ މަސައްކަތް ނިންމައިލީ މަސައްކަތް ފެށިތާ ދެ މަސް ދުވަހުގެ ތެރޭގަ އެވެ.
މިނިސްޓަރު ވަޖީ ކުޑަހުވަދޫ ކައުންސިލުން ރަށުގައި ކުޅިވަރު ތަރައްގީކުރުމަށް ކުރައްވަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި މިއީ އެހެން ރަށްތަކަށް ހުރި ނަމޫނާ ކައުންސިލެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
ކުޑަހުވަދޫ އާ އައުޓްޑޯ ވޮލީކޯޓު ހުޅުވަން ހާއްސަ ވޮލީބޯޅަ މެޗެއް ވެސް ވަނީ ކުޅެފައިވެ އެވެ. އެ މެޗުގައި ވާދަކުރީ ރިއު މޯލްޑިވްސްގެ ޓީމަކާއި ކުޑަހުވަދޫ ވޮލީ ޓީމެވެ. މި މެޗު ތިން ސެޓުން ކާމިޔާބުކުރީ ކުޑަހުވަދޫ ޓީމެވެ.