Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ލޭންޑްމާކް މުބާރާތަށް މުއްދަތު ހަމަވަނީ

ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުނަނަސް އަމާޒުކޮށްގެން ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ބެހެއްޓުމަށްޓަކައި ލޭންޑްމާކްތަކެއް ޑިޒައިން ކުރަން ހުޅުވާލި މުބާރާތަށް ދިން މުއްދަތު މި މަހުގެ 15 އަށް ހަމަވާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފި އެވެ.

މި މުބާރާޔް ހުޅުވާލައި ވަނީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.

ރާއްޖޭގެ ޓޫރިޒަމް މާކެޓްކޮށް، ޕްރޮމޯޓްކުރުމުގެ ޒިންމާ ނަގާ މައި ކުންފުނި، އެމްއެމްޕީއާރްސީން ބުނީ މި މުބާރާތުން އެންމެ މަތިން ހޮވޭ 10 ފަރުމާއަކަށް 20،000ރ. ގެ ފައިސާގެ އިނާމަކާއި ސްޕޮންސަކުރާ ފަރާތްތަކުގެ ގިފްޓް ޕެކޭޖެއް ލިބޭނެ ކަމަށެވެ.

މުބާރާތަށް ހުށަހަޅާ ލޭންޑްމާކް ޑިޒައިންތައް ވާން ޖެހޭނީ ރާއްޖެ ރަމްޒުކޮށްދޭ ކަހަލަ ޑިޒައިންތަކަށެވެ.

ހޮވޭ ލޭންޑްމާކްތައް ބަހައްޓަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ވެރިރަށް މާލެ އާއި ރާއްޖޭގެ ތިން ރަށަކާއި ކަނޑު އަޑި ހިމެނެ އެވެ.

އެމްއެމްޕީއާރްސީން ބުނީ މުބާރާތާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުން ނަމަ މި މެއިލް [email protected] އަށް މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ މައުލޫމާތެއް ސާފު ކުރަން އެދޭ ކަމަށެވެ.