އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒާއި ލޯބިވެރިޔާ ބެނީ ބްލާންކޯ އެންގޭވްޖެ އެވެ.
އެންގޭޖްމަންޓް އަނގޮޓިއާ އެކު ނަގާފައިވާ ފޮޓޯތަކެއް ސެލީނާ މިއަދު ސޯޝަލް މީޑިއާގައި ޕޯސްޓްކުރުމާ އެކީ، ވަރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ބަތަލާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރަމުން އަންނަ ސެލީނާ، 32، އާއި އެމެރިކާގެ ރެކޯޑް ޕްރޮޑިއުސަރު ބެނީ، 36، ރައްޓެހިވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ސެލީނާ ބުނެފައިވާ ގޮތުގައި ބެނީ އަކީ މިހާތަނަށް އޭނަގެ ހަޔާތަށް އައި އެންމެ ގުޅޭ ބައިވެރިޔާ އެވެ. އަދި އެ ވަރުގެ މީހަކާ މިހާތަނަށް ދިމާވެފައި ނެތް ކުރިން، ލަވަކިޔުންޔެރިޔާ ޖަސްޓިން ބީބާއާ ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ފަންނާނު ބުނެފައިވެ އެވެ.
މި އަހަރު ރިލީޒްކުރި މިއުޒިކަލް ކްރައިމް ފިލްމު "އެމީލިއާ ޕެރޭޒް" ގެ ކާސްޓްގައި ހިމެނޭ ސެލީނާގެ އެންމެ ފަހުގެ އަލްބަމަކީ 2020 ގެ "ރެއާ" އެވެ. އޭނަގެ އަމިއްލަަ ކޮސްމެޓިކް ބްރޭންޑް "ރެއާ ބިއުޓީ" އާ އެކު ޒުވާން ފަންނާނަކީ މިހާރު ބިލިއަނަރެއް ވެސް މެ އެވެ.
ސެލީނާގެ މިލްކިއްޔާތު 1.3 ބިލިއަން ޑޮލަރަށް އަރަ އެވެ.