Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ބްރޯޑްކޮމަށް 12 މީހަކު ކުރިމަތިލައިިފި

މަރިޔަމް ވަހީދާ އާއި އަލީ ޔޫސުފް.

ބްރޯޑްކާސްޓިން ކޮމިޝަންގެ ދެ މެންބަރެއްގެ ދައުރު ހަމަވާތީ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވައިލުމުން 12 މީހަކު ކުރިމަތިލައިިފި އެވެ.

އެ ނަންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުއްވައިފަ އެވެ.

ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލި ފަރާތްތައް:

* މުޙައްމަދު ޢަބްދުﷲ
* އިބްރާހިމް މުޢާޒް އަލީ
* އިބްރާޙިމް އަޝްރަފް
* ލެފްޓިނެންޓް ކާނަލް ރިޓަޔާޑް، އަލްއުތާޛް ޒުބައިރު އަޙުމަދު މަނިކު
* ޢަބްދުﷲ ހުމައިދު
* އައިޝަތު ދިޔާނާ ޠޯހިރު
* އުސްތާޒާ އައިމިނަތު ސަރާހަތު އިއްޒަތު
* ޝިމްލާ އަހުމަދު
* އިސްމާއިލް ޝަފީގު
* ޝިފްޒާ މުސްތަފާ
* އަލީ ނިޝާން
* މުޙައްމަދު ޝަމީމް

ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވައިލީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާ އާއި މެންބަރު އަލީ ޔޫސުފްގެ ދައުރު ހަމަވާތީ އެވެ. އެ ދެ މީހުން މެންބަރު ކަމަށް އައްޔަންކުރީ ޑިސެންބަރު 5، 2019 ވަނަ އަހަރެވެ.

ކޮމިޝަންގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރެވެ.