Last Updated: July 26, 10:40
Sunday, July 26, 2026
ޚަބަރު

ކޮޅުފުށީގައި ޑްރައިވިން ލައިސަންސް ޓްރެކެއް

މ. ކޮޅުފުށީގައި ޑްރައިވިން ލައިސަންސް ޓްރެކެއް ހުޅުވައިފި އެވެ.

އެ ޓްރެކް އިއްޔެ ހުޅުވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ނިޝާނެވެ.

މި އާ ލައިސަންސް ޓްރެކް ހުޅުވުމާއެކު، މުލަކަތޮޅު ކޮޅުފުށިން 'އޭ' ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް (ލައިސަންސް ކާޑު) ދޫކުރުމުގެ ޚިދުމަތް ފޯރުކޮށް ދެވޭނެ އެވެ. މިއީ އަތޮޅުތެރޭގައި މިފަދަ ޚިދުމަތެއް ފޯރުކޮށް ދިނުމަށް އެޅުނު މުހިންމު ފިޔަވަޅު ކަމަށް މިނިސްޓްރީން ބުންޏެވެ.

ޓްރެކް ހުޅުވުމުގެ ރަސްމިއްޔާތުގައި ނިޝާން ވިދާޅުވީ، އެ ޚިދުމަތް ފެށުމުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މާލެއަށް ދަތުރުކޮށް، ވަގުތާއި ޚަރަދު ކުރުމަކާ ނުލައި ލައިސަންސް ހެއްދުމުގެ ފުރުޞަތު މިހާރު ފަހިވެގެން ދިޔައީ ކަމަށް ވިދާޅުވި އެވެ.