Last Updated: July 13, 22:22
Monday, July 13, 2026
ޚަބަރު

އަންހެނުންނަށް ހާއްސަ ދަރުހެއް މިރޭ ދިމްޔާތުގައި

އަންހެނުންނަށް ހާއްސަކޮށްގެން ދަރުހެއް މިރޭ ދިމްޔާތުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މިއީ ޖަމިއްޔަތުލް އަޚްވާތުން އިންތިޒާމުކޮށްގެން ބާއްވާ ދަރުހެކެވެ. ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އެވެ.

މި ދަރުސް އޮންނާނީ ދިމްޔާތުގެ ހަތްވަނަ ފަންގިފިލާގައި މިރޭ 8:15 ގަ އެވެ.

މި ދަރުސްގައި އަންހެނުންނަށް ކުރެވޭ އަނިޔާ އާއި އަމިއްލަ ނަފްސަށް ދެވޭ އަނިޔާ އާއި އަންހެނުންގެ ފަރާތުން ކުރިމަތިވާ އަނިޔާތަކާއި އަދި މިނޫންވެސް މުހިއްމު ބައިތަކަށް އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ.