Last Updated: July 16, 17:14
Thursday, July 16, 2026
މުނިފޫހިފިލުވުން

މަނީޝާ އާއި ހުމާ ތުރިލާއަކަށް ތައްޔާރު ވަނީ

ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ މަނީޝާ ކޮއިރަލާ އާއި ހުމާ ގްރޭޝޫ ތުރިލާއަކަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމުފެއާ އިން ބުނީ އެ ދެ ބަތަލާއިން ހިމަނައިގެން ހަދަން ނިންމާފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ އަނޫބަވް ސިންހާ ކަމަށެވެ. އޭނަ އަކީ "ތުމް ބިން" އާއި "ރާ.ވަން" "މުލްކް" އާއި "އާޓިކަލް 15" އަދި "ތައްޕަޅު" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އަނޫބަވް އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ މިދިޔަ އަހަރުގެ "ބީޅް" އެވެ.

ފިލްމުފެއާ އިން ބުނީ މަނީޝާ އާއި ހޫމާ ހިމަނައިގެން އޭނަ ޕްރޮޑިއުސްކުރާ ތުރިލާ ޑައިރެކްޓްކުރާނީ އާ ޑައިރެކްޓަރެއް ކަމަށާއި މި ޕްރޮޖެކްޓް ވަރަށް އަވަހަށް ރައްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. މީގެ ޝޫޓިން އަންނަ އަހަރު ފަށާނެ އެވެ.

ހިންދީ ސިނަމާގައި 90 ގެ ތެރޭގައި އެންމެ ވިދި އަދި ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ މަނީޝާ، 54، އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ މެއި މަހު ނެޓްފްލިކްސް އިން ގެނެސްދިން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ހީރާމަންޑީ: ދަ ޑައިމަންޑް ބާޒާރު" އިންނެވެ.

ބޮލީވުޑުން މިހާތަނަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައި ނުވާ ހުމާ، 38، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ބައޮގްރަފިކަލް ޑްރާނާ "ތަރްލާ" އެވެ.