Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ރައީސަށް ދަނގެތިން ހޫނު މަރުހަބާއެއް ކިޔައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒު އދ. ދަނގެއްޗަށް މިއަދު ވަޑައިގަތުމުން ރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށް ހަވީރު ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބަނދަރުމައްޗަށް ޖަމާވި އެވެ.

ރައީސް ދަނގެއްޗަށް މިއަދު ވަޑައިގަތީ އދ. އަތޮޅަށް ފެއްޓެވި ދެ ދުވަހުގެ ދަތުރުގެ ފުރަތަމަ މަންޒިލްގެ ގޮތުގަ އެވެ. މި ދަތުރުގައި އެ އަތޮޅު މަހިބަދު އާއި އޮމަދު އަށް ވެސް ރައީސް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެ އެވެ.

އެގޮތުން އެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އާންމު ރައްޔިތުންނާ ބ ވެސް ބައްދަލު ކުރައްވާނެ އެވެ.

ރައީސް މިދިޔަ ހަފުތާގައި އއ. އަތޮޅުގެ ތިން ރަށަކަށާއި މާލެ އަތޮޅުގެ ތިން ރަށަކަށް ވެސް ވަޑައިގެންނެވި އެވެ. އެގޮތުން ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި، މިހާތަނަށް 185 ކައުންސިލަކާ ބައްދަލުކުރައްވާފައިވެ އެވެ.