Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

އެފްއެސްއެމްގެ އެމްޑީ ކަމަށް އާޝާން

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތިމަތު އާޝާން އައްޔަންކުރައްވައިފި އެވެ.

އެފްއެސްއެމްގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި އިސްމާއިލް ސުހެއިލް ވަނީ މިދިޔަ މަހުގެ ފަހުކޮޅު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އެފްއެސްއެމްގެ އެމްޑީގެ މަގާމަށް އާޝާން އައްޔަންކޮށްފައިވަނީ މިއަދު އެވެ. މިއާއެކު އާޝާން ވެގެން ގޮސްފައިވަނީ އެސްޓީއޯ ގްރޫޕްގެ ފުރަތަމަ އަންހެން މެނޭޖިން ޑިރެކްޓަރަށެވެ.

އެސްޓީއޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ އާޝާން މީގެކުރިން ވަނީ މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ފުރުއްވާފަ އެވެ.

އެފްއެސްއެމަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އަދި އެކުންފުންޏަކީ އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏެވެ.