Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފި

މޯލްޑިވިއަން އޭޓީއާރް މަރުކާގެ ބޯޓެއް ގަން އެއާޕޯޓުގައި / ފޮޓޯ: އައްޑޫލައިވް

ކުރިއަށް އޮތް ސްކޫލް ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

މޯލްޑިވިއަނުން ބުނީ ޗުއްޓީއާ ދިމާކޮށް އެ އެއާލައިންގެ ދަތުރުތައް އިތުރުކޮށްފައިވާ ކަމަށާއި ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ދަތުރުތައް އިތުރުކޮށްފައިވާ ގޮތަށް ބަލާއިރު ފުވައްމުލަކަށް މި މަހުގެ 16، 17 އަދި 19 ވަނަ ދުވަހު އިތުރު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހއ. ހޯރަފުއްޓަށް މި މަހުގެ 16 އަދި 18 ވަނަ ދުވަހު އިތުރު ދަތުރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އައްޑޫ ސިޓީ ގަމަށް މި މަހުގެ 16 ގައި އިތުރު ދަތުރެއް ބާއްވާއިރު، މި މަހުގެ 18 އަދި 19 ގައި ކޮންމެ ދުހަކު އިތުރު ދެ ދަތުރު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މޯލްޑިވިއަން އިން ރާއްޖޭގެ 16 ތަނަކަށް ޑޮމެސްޓިކް ދަތުރުތައް ކުރެ އެވެ. ކޮންމެ އަހަރެއްގެ ވެސް ސްކޫލް ޗުއްޓީ އަކީ މޯލްޑިވިއަންގެ ދަތުރުތަކަށް އެންމެ ބާރު ބޮޑު އެއް ދުވަސްވަރެވެ.