Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޖަޕާން ސަފީރުގެ ދައުރު ނިމުމަކަށް

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީ، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ޖަޕާނާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަފީރު ކޮށްދެއްވި މަސައްކަތްޕުޅަށް ހާރިޖީ ވަޒީރު ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ޖަޕާނުގެ ސަފީރު ވަނީ އެކަމަނާގެ ދައުރުގައި ދިވެހި ސަރުކާރުން ދިން އެއްބާރުލުމަށް ޝުކުރު އަދާކޮށް، ރާއްޖެ އާއި ޖަޕާނުގެ ގުޅުން އިތުރަށް ބަދަހިކުރަން ދިވެހި ސަރުކާރާއެކު މަސައްކަތް ކުރުމުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ.

ޖަޕާނުގެ ސަފީރުކަމުގެ މަގާމާއި މިޑޯރީ ހަވާލުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ޖެނުއަރި މަހުގެ 22 ވަނަ ދުވަހު އެވެ.