Last Updated: May 12, 14:00
Monday, May 12, 2025
ޚަބަރު

ކީ ލަވައަކުން ކައުންސިލަރަކު ޕޮލިހަށް ހާޒިރު ކުރަނީ

ކާނިވާ ސަރަހައްދުގައި މި މަހުގެ 10 ވަނަ ދުވަހުގެ އެމްޑީޕީން "ގާނޫނުއަސާސީ" ގެ ދިފާއުގެ ނަމުގައި ބޭއްވި ބޭއްވި ޖަލްސާގައި "ތީ ބަހުލޫލެކޭ" ލަވަ ކީ ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ޕޮލިހަށް ހާޒިރު ވާން އަންގައިފި އެވެ.

އޭނަ ކީ ލަވައޮގައި "ތިއީ ބަހުލޫލެކޭ، ތިއީ ޝައިތާނެކޭ، މަށާ ކައިރި ނުވާށޭ، މަށާ ކައިރި ނުވާށޭ" ފަދަ އިބާރާތްތައް ހިމެނެ އެވެ. އަދި އެ ލަވަ އާންމުންގެ ތެރޭގައި ވައިރަލް ވެސްވި އެވެ.

ޔަޝްފާ އަށް މިފަދަ ކަމެއްގައި ފުރަތަމަ އާންމުންގެ ސަމާލުކަން ލިބުނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ވާހަކަ ދައްކަމުން ކީ ބަންޖަކާ ގުޅިގެންނެވެ. އެ ބަނދީގައި "އިމެއް ނެތޭ، މިނެއް ނެތޭ، ދިރެއް ނެތޭ، ބިރެއް ނެތޭ.
ގޮތެއް ނެތޭ، ފޮތެއް ނެތޭ، ލަދެއް ނެތޭ، ހަޔާތް ނެތޭ." ފަދަ އިބާރާތްތައް ހިމެނެ އެވެ.

އެމްޑީޕީގެ ޖަލްސާއެއްގައޮ ހުށަހަޅައޮ ދިން ލަވައަކާ ގުޅިގެން ޔަޝްޕާ ޕޮލިހަށް ހާޒިރުކުރާ އިރު، ޕާޓީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓެއް ކަމަށްވާ، ހުސެއިން ޝާފިއު (ތުއްތު) އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން މި މަހުގެ 1 ގައި އޭނަ ޕޮލިހަށް ހާޒިރުކޮށްފައި އެވެ.

ތުއްތު ޕޮލިހަށް ހާޒިރުކޮށް ބަޔާން ނެގީ މިދިޔަ މަހުގެ 8 ގައި "Charlie_thuhthu" ގެ ނަމުގައި އެކްސްގައި ހިންގާ އެކައުންޓުން ކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ.