Last Updated: July 14, 12:00
Tuesday, July 14, 2026
ދުނިޔެ

ލަންކާ ރައީސްގެ ފުރަތަމަ ދަތުރު އިންޑިއާ އަށް

އިންޑިއާގެ އާ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި އަވައްޓެރި އިންޑިއާ އަށް އިއްޔެ ވަޑައިގެންފި އެވެ.

އެ ގައުމަށް ވަޑައިގެން ސަރުކާރުގެ އިސް އޮފިޝަލުންނާ އެކީ ރައީސް އަންނަނީ މިހާރު ބައްދަލުވުންތައް ބާއްވައި މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި މި ދަތުރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ތަފާތު ދާއިރާތަކުން އެއްބަސްވުންތަކެއްގައި ސޮއި ކުރަން ވެސް ހަމަޖެހިފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ޑިސަނަޔަކަގެ އިންޑިއާގެ މި ދަތުރުގައި ވެރިރަށް ނިއު ދިއްލީގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ގައި ވެރިކަމާ ހަވާލުވެވަޑައިގަތް ޑިސަނަޔަކަގެ އިންޑިއާ ދަތުރު ނިންމަވައިލައްވާނީ މާދަމާ އެވެ.