އދ. ފެންފުށީގެ މަގުތައް މަތީގައި ކައްކާ މައްސަލަ ބޮޑުވެއްޖެ އެވެ.
މިކަމާ ގުޅިގެން އެ ރަށު ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ މިހާރަކަށް އައިސް ބައެއްފަ ރާތްތަކުން މަގުމަތީގައި އުނދުން ޖައިގެން ކެއްކުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކަމަކީ އާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމާއި ގޭގެ ގޯތީގައި ނުވަތަ މަގުގައި ހައްދާފައިވާ ގަސްތައް ކޮށައި ބެލެހެޓުމުގެ އުސޫލުގެ 7 ވަނަ މާއްދާގެ (ށ) ދަށުން ވެސް މަނާ ކަމަކަށްވާތީ އެކަން ރައްޔިތުންނަށް ހަނދާންކޮށްދޭ ކަމަށާއި އެގޮތަށް އަމަލު ނުކުރުމަށް ނަސޭހަތްތެި ވެސް ވާ ކަމަށް ފެންފުށީ ކައުންސިލުން ބުންޏެވެ.
ފެންފުށީ ކައުންސިލުން ބުނީ ހުއްދަ ނުނަގައި މަގުމަތީގައި ޖޯލި، ގޮނޑި، މޭޒު ފަދަ ތަކެތި ބަހައްޓައިގެން އެއްވެސް ކަމެއް ކުރަން ތިބުމަކީ ވެސް މަނާ ކަމެއް ކަމަށެވެ.
އެ ކައުންސިލުން ބުނީ ގަވާއިދާ ހިލާފަށް މަގުމަތީގައި ކެއްކުމާއި އަދި އެހެނިހެން މަސައްކަތްތައް ކުރަމުން ގެންދާ ފަރާތްތަކާ މެދު، ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.