ސަރުކާރުގެ ތިން މިނިސްޓްރީއެއް އަނދައި ހުލުވި ހާދިސާގައި ޝައްކު ކުރެވޭ އެތައް ކަމެއް އެބަހުރި ކަމަށާއިމި ވަރުގެ ބޮޑު ހާދިސާއަކާ ގުޅިގެން ސަރުކާރުން ދޭން ޖެހޭ ސަމާލުކަން ދެމުން އަންނަ ތަން ނުފެންނަ ކަމަށް އެމްޑީޕީން ބުނެފި އެެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވީ މި ބޮޑު އަލިފާމުގެ ހާދިސާ އަކީ "ރާވައިގެން" ހިންގާފައިވާ ކަމެއް ކަމަށް ބެލެވޭ އެތައް ކަމެއް ފެނިފައިވާ ކަމަށެވެ. އެގޮތުން އަލިފާން ނިއްވަން މަސައްކަތް ނުކޮށް، ކުޅިވަރު ބަލަން ކަމާބެހޭ އިދާރަކުގެ މީހުންނާއި ސަރުކާރުގެ އިސް ބޭފުޅުން ވެސް ތިއްބެވި ކަމަށް ބުންޏެވެ.
އަދި އަލިފާންގަނޑު ކޮމްޓޠްރޯލްކުރީ އިމާރާތްތައް އަނދައި ހުލިވެ، ދެން އަދާނެ އިތުރު އެއްޗެއް ނެތް ހިސާބަށް ދިއުމުން ހަ ގަޑީއޮރަށް ވުރެ ގިނަ ވަގުތުވީ ފަހުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. އެ ޕާޓީން ބުނީ މި ހާދިސާއާ ގުޅިގެން ދައުރުވެފައިވާ ބައެއް ވީޑިއޯތަކަށް ބަލާ އިރު ވެސް، އަލިފާން ނިއްވަން އެއްވެސް މަސައްކަތެއް ކުރިން ކޮށްފައި ނުވާކަން ފާހަގަވާ ކަމަށެވެ.
ނަމަވެސް މިހާރު މި ހާދިސާ ހިނގައި ދިޔަ ސަބަބުން ދެނެންގަންނަން ބޭރުން ތަޖުރިބާކާރުންތަކެއް ގެނެސްގެން މަސައްކަތް ކުރަން ސަރުކާރުން ނިންމާފައި އިރުި، ހާދިސާ ހިނގި ތަން އޮތީ ސާފުކޮށްފައި ކަމަށާއި ދެން އެތަނުން ތަހުގީގަށް ނެގޭނީ ކޮން މައުލޫމާތުތަކެއްތޯ އެމްޑީޕީން ސުވާލު އުދައްދާފައިވެ އެވެ.
ރައްޔިތުމްގެ މަސްލަހަތާ ގުޅިގެން ހުރި އެތަކެއް ލިޔެކިޔުންތަކެއް ހުރި އިދާރާތެއް އަނދައި އަޅިއަށް ވީ ސަރުކާރުގެ އިހުމާލުން ކަމަށާއި މިއީ ސަރުކާރުގެ ނާގާބިލުކަމުންވީ ކަމެއް ވެސް ނޫސްވެރިންގެ ބައްދަލުމުގައި ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތި ޝައުނާ ވިދާޅުވި ބުންޏެވެ.
"ސަރުކާރުން މިހާރު އެބަޖެހޭ ސަލާމަތް ކުރެވުނީ ކޮންކޮން ލިޔެކިޔުންތަކެއްތޯ ނުވަތަ ގެއްލިގެން ދިޔައީ ކޮންކޮމް ލިޔެކިޔުންތަކެއްތޯ ވެސް ސާފުކޮށް އޮޅުން ފިލުވައި ދޭން." އޭނަ ވިދާޅުވި އެވެ.
މި އަލިފާނުގެޖ ބޮޑު ހާދިސާ އަކީ ސަރުކާރުގެ ބޮޑު އިހުމާލަކަށްވާތީ އެ މައްސަލަ ބަލަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
މިއަދުގެ ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލު ވަނީ ރޯވި ހާދިސާ އަކީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ޒިންމާ ނަގަން ޖެހިވަޑައިގަންނަވާނެ ހާފިސާއެއް ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނަ އިސްތިއުފާ ދެއްވުމަށް ވެސް ނާޒިލު ގޮވާލެއްވި އެވެ.