Last Updated: May 12, 07:17
Monday, May 12, 2025
ޚަބަރު

އިމާރާތަކުން ދުން އަރާތީ ސިފައިން ހަރަކާތްތެރި ވަނީ

އިމާރާތުގައި ސިފައިން ހަރަކާތްތެރި ވަނީ. ފޮޓޯ/ ވަން

މާލޭގެ އުސް އިމާރާތަކުން ދުން އަރާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ހ. ނީސްގޭގެ ނުވަވަނަ ބުރިން ދުން އަރާތީ ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މިއީ "ސްކައިފޯލް ރެސްޓޯރަންޓް" ވެސް ހުންނަ އިމާރާތެވެ.

ނަމަވެސް އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި ތިން މިނިސްޓްރީއެއް ހިންގަމުން އައި އިމާރާތްތަކެއް ވަނީ އަނދައި އަޅިއަށްފަ އެވެ.

މާލޭގައި ދޭތެރެ ދޭތެރެ އިން އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގުމަކީ އާންމު ކަމެކެވެ.