Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރު އޮތް ރަހުމަތްތެރިއެއް

ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރު އޮތް ރަޙްމަތްތެރިއެއް ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމްގެ ތިންވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ލީޑަރުންނާއި ޗައިނާ ސަރުކާރުގެ އޮފިޝަލުންނާއެކު ބޭއްވެވި ގްރޫޕް ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުންނެވެ.

މި ތަގުރީރުގައި ނައިބު ރައީސް ވިދާޅުވީ ޗައިނާއަކީ އަބަދުވެސް ރާއްޖޭގެ އިތުބާރުއޮތް ރަޙްމަތްތެރިއެއް ކަމަށާއި ރާއްޖެއިން "ވަން-ޗައިނާ" ޕްރިންސިޕަލާ މެދު ގެންގުޅޭ ދެމެހެއްޓެނިވި އިލްތިޒާމަކީ ދެ ޤައުމުގެ ގުޅުން ދެމެހެއްޓުމުގެ މައިގަނޑު ތަނބު ކަމަށެވެ.

ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ތިންވަނަ ބައްދަލުވުމަކީ، ދެ ޤައުމުގެ މެދުގައި އެއްބާރުލުމާއި ތަޖުރިބާ ހިއްސާކުރުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ނައިބު ރައީސް ވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީއައިޑީސީ.އޭ) އާއި ޔުނަން ޕްރޮވިންޝަލް ޕީޕަލްސް ގަވަރމަންޓުން ދެއްވި ހޫނު މެހެމާންދާރީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފަ އެވެ.