އިޒްރޭލުން ސީރިއާގެ ގޯލާން ހައިޓްސް އަށް ވެރިވެގަންނަން ކުރާ މަސައްކަތް ރާއްޖެ އިން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސީރިއާގެ ގޯލާން ހައިޓްސްގެ ބިންތަކުގައި އިޒުރޭލުން މީހުން ވަޒަންވެރިވުމަށް ކުރާ މަސައްކަތް ފުޅާކުރަން އިޒްރޭލު ސަރުކާރުން ނިންމި ނިންމުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ފުޅާކުރަން އިޒްރޭލުން ސަރުކާރުން ނިންމާފައިވާ ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މިއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި އެ ސަރަހައްދުގައި ސުލްހަ ގާއިމުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ނިންމުމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ސީރިއާގެ ގޯލާން ހައިޓްސްގެ ބިންތަކަށް ނުހައްގުން ވެރިވެގަތުމަށް އިޒުރޭލުން ހިންގަމުން ގެންދާ ޖަރީމާތައް ހުއްޓުވުމަށާއި އިޒްރޭލުން ސީރިއާ އަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަށް ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުށް ގޮވާލާފަ އެވެ.
އިޒްރޭލުން 1967 ވަނަ އަހަރުން ފެށިގެން ސީރިއާގެ ގޯލާން ހިފާފައިވާއިރު، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް އަމަލުކުރުމަށް އިޒްރޭލަށް ވަނީ ގޮވާލާފަ އެވެ. އަދި ސީރިއާގެ މިނިވަންކަމާއި ސިޔާދަތަށް ކުރާ މަސައްކަތަށް ދިވެހި ސަރުކާރުގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފަ އެވެ.
އިޒްރޭލުން ގޯލާން އުސްބިންތަކުގެ 30 އަށްވުރެ ގިނަ ތަންތަން ހިފާފައިވާއިރު، މިއީ ގާތްގަނޑަކަށް 20،000 މީހުންގެ ގެދޮރެވެ.