Last Updated: May 14, 20:54
Wednesday, May 14, 2025
ޚަބަރު

އެމްއައިބީގެ ސާވިސް ސެންޓަރެއް ނައިފަރަށް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސާވިސް ސެންޓަރެއް ޅ. ނައިފަރުގައި ހުޅުވައިފި އެވެ.

އެ ސާވިސް ސެންޓަރު ހުޅުއްވައި ދެއްވީ ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދާއި އެމްއައިބީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދްރީސް ހުމްރީ އެވެ.

އެމްއައިބީން ބުނީ ނައިފަރުގައި ހުޅުވި ސާވިސް ސެންޓަރުން ބޭންކުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބުމުގެ އިތުރުން އޭޓީއެމުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ.

ނައިފަރުގައި އެމްއައިބީން ހުޅުވި ސާވިސް ސެންޓަރާ އެކު އެ ބޭންކުގެ ހިދުމަތް ޅ. އަތޮޅުގެ އިތުރުން ހއ، ހދ. ބ، ޅ، ކ، ދ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ލިބޭނެ އެވެ.

އެމްއައިބީން އަންނަނީ އެ ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.