Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ޔަޝްފާ ފުލުހަށް ހާޒިރު ނުކުރަން ނިންމައިފި

ކާނިވާ ސަރަހައްދުގައި މި މަހުގެ 10 ވަނަ ދުވަހުގެ އެމްޑީޕީން "ގާނޫނުއަސާސީ" ގެ ދިފާއުގެ ނަމުގައި ބޭއްވި ބޭއްވި ޖަލްސާގައި "ތީ ބަހުލޫލެކޭ" ލަވަ ކީ ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ޕޮލިހަށް ހާޒިރުވުމަށް އެންގުމަށްފަހު، އޭނާ ފުލުހަށް ހާޒިރު ނުކުރަން ނިންމައިފި އެވެ.

ޔަޝްފާ އަށް ފުލުހުން ފޮނުވި ޗިޓުގައި އަންގާފައިވަނީ މާދަމާ ހެނދުނު 10:30 އަށް ފުލުހަށް ހާޒިރުވުމަށެވެ. ނަމަވެސް ފުލުހުން މިހާރު ވަނީ ހާޒިރު ނުވިޔަސް އެންމެ ރަނގަޅު ކަމަށް ޔަޝްފާ އަށް އަންގާފަ އެވެ. ނަމަވެސް ހާޒިރު ނުކުރަން ނިންމި ސަބަބެއް އެނގިފައެއް ނުވެ އެވެ.

ޔަޝްފާ ކީ ލަވައިގައި "ތިއީ ބަހުލޫލެކޭ، ތިއީ ޝައިތާނެކޭ، މަށާ ކައިރި ނުވާށޭ، މަށާ ކައިރި ނުވާށޭ" ފަދަ އިބާރާތްތައް ހިމެނެ އެވެ. އަދި އެ ލަވަ އާންމުންގެ ތެރޭގައި ވައިރަލް ވެސްވި އެވެ.

އެމްޑީޕީގެ ޖަލްސާއެއްގައި ހުށަހަޅައި ދިން ލަވައަކާ ގުޅިގެން ޔަޝްފާ ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވިއިރު، ޕާޓީގެ ސޯޝަލްމީޑިއާ އެކްޓިވިސްޓެއް ކަމަށްވާ، ހުސެއިން ޝާފިއު (ތުއްތު) އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެން މި މަހުގެ 1 ގައި އޭނާ ޕޮލިހަށް ހާޒިރުކޮށްފައި އެވެ.

ތުއްތު ޕޮލިހަށް ހާޒިރުކޮށް ބަޔާން ނެގީ މިދިޔަ މަހުގެ 8 ގައި "Charlie_thuhthu" ގެ ނަމުގައި އެކްސްގައި ހިންގާ އެކައުންޓުން ކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ.