ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ އަދަދު މިހާރު 2،000 އަށް ވުރެ ގިނަ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންގެ އަދަދު ދެނެގަނެ، ތަފިސީލު ބެލެހެއްޓުމަށް އެކުލަވާލި ދަފުތަރުން ދައްކާ ގޮތުގައި މިހާރު ރާއްޖެ އޮިން ބޭރުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ އަދަދު 2.116 އަށް އަރަ އެވެ. މީގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ އެކިއެކި ސްކޮލަޝިޕްތަކާއި އެކި ގައުމުތަކުން އެހީގެ ގޮތުގައި ދީފައިވާ ސްކޮލަޝިޕްތަކާއި އަމިއްލަ ހަރަދުގައި ކިޔަވާ ދަރިވަރުންނެވެ.
އެގޮތުން ބޭރުގައި 1،201 އަންހެން ދަރިވަރުން ކިޔަވަމުން އަންނަ އިރު ފިރިހެން ދަރިވަރުންގެ އަދަދަކީ 915 އެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ތައާރަފުކުރި މި ދަފުތަރުގެ މަގުސަދަކީ ދަރިވަރުންގެ ކަންކަން މޮނީޓާކޮށް ބެލެހެއްޓުމުގައި ލުއި ފަސޭހަކުރުމެވެ.