Last Updated: May 12, 07:17
Monday, May 12, 2025
ޚަބަރު

މާލެ ދަތުރުކުރި ބޯޓަކުން މީހަކު ގެއްލިއްޖެ

އައްޑޫން މާލެއަށް ދަތުރުކުރަމުން ދިޔަ ބޯޓަލުން މީހަކު ގެއްލިއްޖެ އެވެ.

ފުލުހުން ބުނީ ގެއްލިފައި ވަނީ "ސީމެކްސް" ކިޔާ ބޯޓްގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި ނޭޕާލް މީހެއް ކަމަށެވެ. އޭނަ ގެއްލިފައިވާކަމުގެ މަޢުލޫމާތު ފުުހުންނަށް ރިޕޯޓްކުރީ ރޭގެ ވަގުތެއްގަ އެވެ.

އެ މީހާ ބޯޓްގައި ނެތްކަން އެނގުނީ އައްޑު އާއި ފުވައްމުލަކާ ދެމެދު ކަނޑުމަތިން، ފުވައްމުލަކާ 8 މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ބޯޓް އައްޑޫން ފުރީ ރޭ 11:30 ގަ އެވެ.

ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓުގާޑު ފޯތު ސްކޮޑްރަން އިން އަންނަނީ ކުރަމުންނެވެ.