Last Updated: July 16, 17:14
Thursday, July 16, 2026
މުނިފޫހިފިލުވުން

ސަންޖޭ އާއި އަންހެނުންގެ ވިޔަފާރިއެއް ދުބާއީ އަށް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސަންޖޭ ދަތާއި އަންހެނުން މާންޔަތާ ދަތު ހިއްސާވެގެން ދުބާއީގައި ވިޔަފާރިއެއް ފަށައިފި އެވެ.

"ދަތުސް ފްރޭންކްޓީ" ގެ ނަން ދީފައިވާ މި ވިޔަފާރި އަކީ ކާނާ ތައްޔާރުކޮށް ޑެލިވަރީކޮށްދޭ ހިދުމަތެކެވެ. އެގޮތުން ސިއްހަތަށް ފައިދާ ހުރި، އެކި ވައްތަރުގެ ކާނާ ތައްޔާރުކޮށް، އޯޑަރުކުރާ ފަރާތްތަކަށް އަތްފޯރާ އަގެއްގައި، ވަރަށް އަވަސް ހިދުމަތެއްގެ ގޮތުގައި ޑެލިވަރީކޮށް ދޭނެ އެވެ.

ޔޫއޭއީގައި ކާނާ ޑެލިވަރީގެ ހިދުމަތްދޭ "ތަބަލަތު" އާ ގުޅިގެން ލޯންޗްކުރި "ދަތުސް ފްރޭންކްޓީ" ގެ އެންމެ ހާއްސަ އެއްޗަކަށްވާނީ ތަފާތު ރަހަތަކުގެ ރޯލްސް އެވެ. މީގެ ތެރޭގައި އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގެ ތަފާތު ރަހަތަކުގެ ރޯލްސް ހިމެނޭނެ އެވެ. މިއާ އެކީ "ދަތުސް ފްރޭންކްޓީ" ގެ މެނޫގައި މަޝްހޫރު ކަޅަކް ޗާއި ވެސް ހިމެނެ އެވެ.

މި ވިޔަފާރީގެ އިޝްތިހާރެއް މިއަދު ސޯޝަލް މީޑިއާގައި ސަންޖޭއާ އެކީ ގެނެސްދީފައިވެ އެވެ.