Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އައްޑޫގައި މަތީ ތައުލީމު ކުރިއަރުވަން މަޝްވަރާކޮށްފި

އައްޑޫ ސިޓީގައި މަތީ ތަޢުލީމު ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅިގެން މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އައްޑޫ ސިޓީ ކައުންސިލާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.

މި ބައްދަލުވުމުގައި، މިނިސްޓްރީއާއި އައްޑޫ ކައުންސިލުން ގުޅިގެން މަތީ ތަޢުލީމު ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅިގެން ވަނީ މަޝްވަރާކޮށްފަ އެވެ. އެގޮތުން، އައްޑޫގައި ޤާޢިމްކުރެވިފައިވާ ޕޮލިޓެކްނިކް ކެމްޕަސްގައި ކުރިޔަށްގެންދެވިދާނެ ޕްރޮގްރާމްތަކުގެ އިތުރުން އައްޑޫގެ ނޭޝަނަލް ކެރިޔަ ސަރވިސް (އެންސީއެސް) ގައި ކެރިޔާ ސަރވިސް ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

މިނިސްޓަރ މާރިޔާ އައްޑޫ ކައުންސިލާއި ބައްދަލުކުރީ ވިލާ ކޮލެޖްގެ ހިތަދޫ ކެމްޕަސް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވުމަށް އައްޑޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.