ދައުލަތުގެ މާލީ ނިޒާމު ހަރުދަނާކުރުމަށް ފިނޭންސް މިނިސްޓްރީން ފަށާފައިވާ މަސައްކަތްތައް ވިލަރެސް ކުރުމަށް އުފައްދާފައިވާ އިކޮނޮމިކް ރިފޯމް އޮފީހުގެ ކޮމިޝަނަރަކަށް އަސްމާ ޝަފީއު ހަމަޖައްސައިފި އެވެ.
އަސްމާ މީގެ ކުރިން މަސައްކަތް ކުރައްވާފައިވަނީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލްގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ އައްޔަންކުރެވުނީ 2019 ގަ އެވެ.
އެ މަގާމުން އަސްމާ ވަކިވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 31 ގައި އޭނާގެ ދައުރު ހަމަވުމުންނެވެ.
އެ މަގާމުގެ ޒިންމާތައް ކަމުގައި ބުނެފައިވަނީ އިގުތިސާދީ އަދި އެސްއޯއީ އަދި މާލީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ނޭޝަނަލް ރިފޯމް އެޖެންޑާ އެކުލަވައިލާ ތަންފީޒުކުރުމެވެ. އަދި އިސްތިރާޖީ އެޑްވައިސް ދިނުމާއި އަޅަންވީ ފިޔަވަޅުތައް ފިނޭންސް މިނިސްޓްރީއަށް ބުނެދިނުމަކީވެސް ޒިންމާއެއް ކަމުގައި ބަޔާންކޮށްފައިވެ އެވެ.