Last Updated: July 7, 11:38
Monday, July 7, 2025
ޚަބަރު

ޕީއެސްއެމްގެ އެމްޑީ ސައީދު އިސްތިއުފާ ދެއްވައިފި

މުހައްމަދު ސައީދު -ފޮޓޯ: މިހާރު

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ސައީދު އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

މި މަގާމުން ސައީދު އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމަށް ސައީދު އައްޔަން ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި ޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދެއްވުމުން މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު އެވެ.

ސައީދަކީ 1989 ވަނަ އަހަރުން ފެށިގެން ދައުލަތަށް ހިދުމަތް ކުރަށްވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން ސައީދު ވަނީ މީގެކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްޓްރީ ކަމާއި ޑިރެކްޓާ ޖެނެރަލްގެ މަގާމު ވެސް ފުރުއްވާފަ އެވެ.