Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

އެންވަޔަރަމަންޓަށް ސިޔާސީ އިތުރު މުވައްޒަފެއް

އެންވަޔަރަމަންޓު މިނިސްޓްރީ އަށް އިތުރު ސިޔާސީ މުވައްޒަފަކު އައްޔަންކޮށްފި އެވެ.

އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރީ ވަނީ ލީލާ އިބްރާހިމް މަނިކެވެ. އޭނަ އަކީ އިދިކޮޅު ދަ ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ .މީހެކެވެ.

ލީލާ އަކީ މި އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީ ޓިކެޓުގައި ތ. ގުރައިދޫ ދާއިރާއަށް ވެސް ވާދަކުރެއްވި ބޭފުޅެކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީ އަށް ސިޔާސީ މުވައްޒަފަކު އިތުރުކުރި ހަރަދު ކުޑަކުރުމުގެ ގޮތުން ކަމަށް ބުނެ މި ސަރުކާރުން 200 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ބުނެ އެވެ.