Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

އޭސީސީ އަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އަލުން އެކަމަށް ހުޅުވައިލީ ކުރިން ކުރި އިއުލާން ބާތިލުކުރުމަށް ފަހު ކަމަށެވެ. އެހެންވެ މިހާރު އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް އޮންނާނެ އެވެ.

އޭސީސީ އަށް މެންބަރު ކަމަށް ކުރިމަތިލާން ފުރަތަމަ ހުޅުވައިލީ މި މަހުގެ 8 ގަ އެވެ.

އޭސީސީގެ ދެ މަގާމެއް ހުސްވ، އެ ކޮމިޝަނުގެ ނައިބު ރައީސް އަބްދުއްސަލާމާއި މެންބަރު ތޯހާ މަ މުހައްމަދު މަގާމުން އިސްތިއުފާދެއްވުމުންނެވެ. އެ ދެ މެންބަރުން ނޮވެމްބަރު 25، ގައި އިސްތިއުފާދެއްވީ މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުން ދަނިކޮށެވެ.