Last Updated: July 16, 17:14
Thursday, July 16, 2026
މުނިފޫހިފިލުވުން

'ކަރާޓޭ ކިޑްސް: ލެޖެންޑްސް' މެއި 30 ގައި

ހޮލީވުޑްގެ މަޝްހޫރު ތަރި ޗެކީ ޗޭންގެ "ކަރާޓޭ ކިޑްސް" ފްރެންޗައިޒްގެ ހަ ވަނަ ފިލްމު އަންނަ އަހަރުގެ މެއި 30 ގައި ރިލީޒްކުރަން ނިންމައި، ފިލްމުގެ ޓްރެއިލާ ވެސް އާންމުކޮށްފި އެވެ.

ޖުމްލަ 100 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ "ކަރާޓޭ ކިޑްސް: ލެޖެންޑްސް" ޖޮނަތަން އެންޓްވިސްލް އެވެ. މި ފިލްމުގެ ކާސްޓްގައި ރާފް މަޗިއޯ، ބެން ވެންގް، ޖޯޝުއާ ޖެކްސަން އަދި ޝަނައުޓް ރެނީ ވިލްސަން ހިމެނެ އެވެ.

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މާޝަލް އާޓްސް ޑްރާމާ ފްރެންޗައިޒް "ކަރާޓޭ ކިޑްސް" ގެ އެންމެ ފަހުގެ ފިލްމަކީ 2010 ގެ "ދަ ކަރާޓޭ ކިޑް" އެވެ. ހެރާލްޑް ޒްވާޓް 40 މިލިއަން ޑޮލަރުގެ ބަޖެޓަކުން ގެނެސްދިން އެ ފިލްމަކީ ބޮކްސް އޮފީހުގައި 359.1 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

ޗައިނާ އަށް އުފަން ޖެކީ ޗޭން، 70، މިހާތަނަށް ވަރަށް ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ އިރު، އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޖުލައި ގެނެސްދިން ފެންޓަސީ އެކްޝަން ފިލްމު "އަ ލެޖެންޑް" އެވެ.