އައްޑޫގައި ލީޑަޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ބާއްވައިފި
މިއީ ނޭޝަނަލް ލައިބްރަރީ އާއި މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީގެ އިތުރުން ކިއު ސްޓަޑީ މެލޭޝިއާ އިން އިންތިޒާމްކޮށްގެން ޔޫރު މިނިސްޓްރީއާ ގުޅިގެން ބޭއްވި ޕްރޮގްރާމެކެވެ.
ޕްރޮގްރާމްގައި 30 މީހަކު ބައިވެރިވެފައެވެ.
މި ލީޑަޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ލީޑަޝިޕްގެ އަސާސްތަކާއި މައްސަލަތައް ހައްލުކުރުމާއި ކުރިއަށް އޮތް ތަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ރަނގަޅު ނިންމުންތަކެއް ނިންމާނެ ގޮތްތައް ދަސްކޮށް ދީފައިވާ ކަމަށް ނެޝަނަލް ލައިބްރަރީން ބުންޏެވެ.