Last Updated: May 12, 14:00
Monday, May 12, 2025
ޚަބަރު

އަމިއްލަ އަށް މަރުވާން އުޅުނު މީހަކު ހައްޔަރަށް

އަމިއްލައަށް މަރުވާން އުޅުނު މީހަކުި ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ މާލެ އަށް ނިސްބަތްވާ 28 އަހަރުގެ ފިރިހެނެކެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އޭނަގެ ބަންދަށް އިއްޔެ ކްރިިމިނަލް ކޯޓުން ފަސް ދުވަސް ޖަހާފައިވާ އިރު، ބަންދު އަމުރުގައިވާ ގޮތުން ޒުވާން ބަންދުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ކޯޓް އަމުރުން އެނގޭ ގޮތުގައި މަރުވާން އުޅުނު މީހާ އަކީ ކުށުގެ ރެކޯޑް ވެސް އޮންނަ މީހެކެވެ.