މާލޭގެ ކެފޭއަކަަށް ވަދެ އެތަނަށް ގެއްލުން ދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ހަވީރީ ހިނގުމުގައި ހުންނަ "ލެޓްސް ކޮފީ މޯލްޑިވްސް" އަށް މިދިޔަ ބުރާސްފަތި ދުވަހުގެ މެންދުރު ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން އެތަނުގެ މުވައްޒަފުންނަށް ބިރު ދައްކައި، މުދަލަށް ގެއްލުން ދިން މައްސަލައިގައި ހައްޔަރުކުރީ ގއ. ދެއްވަދޫ
،ވައިލެޓްމާގޜ އަހުމަދު ތައުފީގު، 31، އާއި ބ. ތުޅާދޫ މީޒާން، އަސަދުﷲ ޚާތިމް، 44، އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ކަމަށެވެ.
ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަސް ޖަހާފައިވެ އެވެ.
ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.