Last Updated: May 12, 14:00
Monday, May 12, 2025
ޚަބަރު

އަލިފުށިން އައިޑީ ކާޑު ހަދައި ދޭން ފަށަނީ

އަންނަ ހަފުތާ އިން ފެށިގެން ރ. އަލިފުށީގައި އައިޑީ ކާޑު ހެދުމުގެ މަސައްކަޔް ފަށަން ނިންމައިފި އެވެ.

އެ ރަށު ކައުންސިލުން ބުނީ އެ ހިދުމަތް ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ 22 ގައި ކަމަށެވެ. އެގޮތުން ހިދުމަތް ދޭނީ ރަސްމީ ދުވަސްތަކުގެ މެންދުރު ފަހު 1:15 އިން 2:00 އަށެވެ.

އަލިފުށީ ކައުންސިލުން ބުނީ އެތަނުން އައިޑީ ކާޑު ހަދައި ދޭން ފެށި ނަމަވެސް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) ގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް އައިޑީ ކާޑުގެ ހިދުމަތް ހޯދޭނެ ކަމަށެވެ.

އަތޮޅު ތެރެއިން އެންމެ ފުރަތަމަ އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފެށީ ރަށަކީ ގއ. ވިލިގިއްޔެވެ. އެ ރަށުގައި އެ ހިދުމަތް ފެށީ ސެޕްޓެމްބަރު މަހުގެ 19 ގަ އެވެ. އޭގެ ފަހުން މިދިޔަ މަހުގެ 5 އިން ފެށިގެން ދ. ކުޑަހުވަދޫގައި ވެސް އަންނަނީ އެ ހިދުމަތް ދެމުންނެވެ.

ސަރުކާރުން މިހާރު ނިންމާފައި އޮތީ އައިޑީ ކާޑު ހިދުމަތް މުޅި ރާއްޖެ އަށް ފުޅާކުރުމަށެވެ.