Last Updated: July 26, 09:27
Sunday, July 26, 2026
ޚަބަރު

ދަރިވަރުންތަކެއް ގްރޫމްކުރި ޓީޗަރު ދޫކޮށްލައިފި

ދަރިވަރުންތަކެއް ގްރޫމްކުރި ކަމަށް ތުހުމަތުކުރެވޭ ޓީޗަރު ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލައިފި އެވެ.

ދަރިވަރުންގެ އުމުރާ ނުގުޅޭ ވާހަކަތަކެއް ދައްކައި، ދަރިވަރުން ގްރޫމްކުރި މައްސަލައިގައި މ، ފ، ދ، ތ، ލ. އަތޮޅުގެ ރަށެއްގެ ސްކޫލެއްގައި ކިޔަވައި ދެމުން އައި ފިރިހެން ޓީޗަރުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އޮކްޓޯބަރު މަހުގެ 17 ގަ އެވެ. އެ މައްސަލައިގައި ޓީޗަރު ހައްޔަރުކުރީ އެ މަހުގެ 29 ގަ އެވެ.

އަދި ދެ ދެފަހަރެއްގެ މަތިން އޭނަގެ ބަންދުގެ މުއްދަތު ކޯޓުން ޖަހައި ދީފައި ވެއެވެ. އެގޮތުން ފުރަތަމަ ފަހަރު 20 ދުވަހަށް ބަންދުކުރުމަށް ފަހު އެ މުއްދަތު ހަމަވެގެން ދެވަނަ ފަހަރަށް 30 ދުވަސް ޖެހި އެވެ.

ޓީޗަރުގެ މައްޗަށްށް ދައުވާކުރަން ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ 25 ގަ އެވެ.