"އުނގުޅޭ ބާޒާރު" އަންނަ މަހު ބާއްވަން ތައްޔާރުވެއްޖެ އެވެ.
ވިޔަފާރީގެ މި ފެސްޓިވަލް އިންްތިޒާމު ކުރަނީ 2019 ގައި އަލިމަސް ކާނިވަލުގައި "ރަންބޮލި މަހާސަމާ" ނައިޓް މާކެޓް ވެސް އިންތިޒާމުކުރި ޓީމުންނެވެ.
އެ ޓީމުން ބުނީ ރޯދަ މަހާ ގާތްވަމުން އަންނާތީ އެކަމަށް ހާއްސަކޮށްގެން ބާއްވާ "އުނގުޅޭ ބާޒާރު" އޮންނާނީ ވަނީ އަންނަ މަހުގެ 4-11 އަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 2 ގައި ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 12:00 އަށް ކަމަށެވެ.
މި ބާޒާރުގައި ޖުމްލަ 150 ސްލޮޓް ދޫކުރަން ހަމަޖެހިފައިވާ އިރު، ސްޓޭޑަޑް ސްލޮޓެއްގެ އަގަކީ 7،200ރ. އެވެ. ޕްރިމިއަމް ސްލޮޓެއްގެ އަގަކީ 7،999ރ. އެވެ.
ސްލޮޓްތަކަށް ހޯދަން ގުޅާނީ 7372518 މި ނަމްބަރަށެވެ.