Last Updated: July 26, 16:58
Sunday, July 26, 2026
ޚަބަރު

ގަތަރަކީ ތަރައްގީގެ މުހިއްމު ބައިވެރިއެއް: ރައީސް

ރައީސް މުއިއްޒު ގަތަރު ސަފީރާއެކު - ފޮޓޯ: ރައީސް އޮފީސް

ގަތަރަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ޤަތަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލްޘާނީ އާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލްޘާނީއަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ.

މި ސިޓީފުޅުގައި ރައީސް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައިވާ ހަރުދަނާ ގުޅުން ދެމެހެއްޓުމުގައި ޤާއިމުވެ ތިބެވޭނޭކަމުގެ ޔަޤީންކަން ދެއްވާ ކަމަށާއި ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުން ޤަތަރުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ފަރުދީ ފެންވަރެއްގައި ދޭދޭ ގުޅުން ބަދަހިކޮށް، ދެ ޤައުމުގެ ދެމެދުގައި އޮންނަ އަޚުވަންތަކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދެއްވާ އަހަންމިއްޔަތުވެސް ރައީސް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރައީސް ވަނީ، ޤަތަރުގެ އަމީރާއި ބޮޑުވަޒީރު ފުރިހަމަ ސިއްޙަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީ އާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ.

ޤަތަރުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަ ހެވެ.