Last Updated: July 26, 16:58
Sunday, July 26, 2026
ޚަބަރު

ފައިސާ ދޭން ޝަރުތު ހަމަވަނީ 5 ސިޔާސީ ޕާޓީއެއް

ރިޔާސީ އިންތިޚާބު 2023އަށް އެމްޑީޕީން ބޭއްވި ކެމްޕޭން ހަރަކާތެއްގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ދައުލަތުގެ ބަޖެޓުން އަންނަ އަހަރު 5 ސިޔާސީ ޕާޓީއަކަށް ފައިސާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ވާނީ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް އެކަނި ކަމަށެވެ. އެ ޤާނޫނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓްގެ 1.0 އިންސައްތައާއި %0.2 އިންސައްތައާ ދެމެދުގެ ޢަދަދަކަށް ވާންޖެހޭނެ ކަމަށެވެ.

ބަޖެޓް ފާސްކުރުމާ ހަމައަށް 10،000 މެމްބަރުން ހަމަވެފައިވަނީ އެމްޑީޕީ އާއި ޕީއެންސީ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްޑީއޭގަ އެވެ.

ގާނޫނު ބުނާގޮތުން ފައިސާ ދޫކުރަން ޖެހެނީ ޑިސެމްބަރު 31 ގެ ނިޔަލަށް މެމްބަރުން ތިބި އަދަދަށް ބަލައި މެމްބަރުންގެ ނިސްބަތުންނެވެ.

ދައުލަތުގެ ބަޖެޓުން ހަ ސިޔާސީ ޕާޓީއަކަށް 44 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުން ވަނީ ދޫކޮށްފަ އެވެ.