Last Updated: July 16, 17:14
Thursday, July 16, 2026
މުނިފޫހިފިލުވުން

'ރޯލީމޭ' އޮތީ މި މަހު 30 އަށް

ޑާކް ރެއިން އެންޓަޓައިންމަންޓުން މީޑިއާނެޓާ ގުޅިގެން ގެނެސްދޭން ތައްޔާރުވަމުން އަންނަ ވެބް ސީރީޒް "ރޯލީމޭ" މި މަހުގެ 30 ގައި ޕްރީމިއާކުރަން ނިންމިކަން މިއަދު އިއުލާންކޮށްފި އެވެ.

މި ސީރީޒް ބެލުންތެރިންނަށް ގެނެސްދޭނީ މީޑިއާނެޓްގެ ސްޓްރީމިން ޕްލެޓްފޯމް އެމްއެސް ވީޑިއޯ ކުލަބުންނެވެ.

"ރޯލީމޭ" އަކީ ޑާކް ރެއިނުން އޮކްޓޯބަރުގައި ގެނެސްދިން ހޮރޯ-ކޮމެޑީ "ބިބީ" ލިޔެ، ޑައިރެކްޓްކުރި ޝަހުދާ މަހުމޫދުގެ ސްކްރީންޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒެކެވެ. މީގެ ކާސްޓްގައި ޝަރަފު އަބްދުﷲ، މަރިޔަމް މަޖުދާ (މަޖޫ)، މޫސާ އަލީފް، ނުޒުހަތު ޝުއައިބް (ނުޒޫ)، ރޯނު ހަސަން މަނިކު، އައިމިނަތު ޝުހާ، ޝީލާ ނަޖީބް އަދި މަރިޔަމް ހަލީމް ހިމެނެ އެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައި ދޭނެ "ރޯލީމޭ" އަކީ 15 އެޕިސޯޑްގެ ސީރީޒެކެވެ.

ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ފިލްމު އަދި ބިޒީ ފިލްމު ސްޓޫޑިއޯ، ޑާކް ރެއިނުން ކުރިން ވެސް ވަރަށް މަގުބޫލު ސީރީޒްތަކެއް ގެނެސްދީފައިވެ އެވެ. އެއީ "ރޫމިއާ ޖަންނަތު" އާއި "ގިރިޓީ ލޯބި" އެވެ.